ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

Big tkaqua9heab6zthfms1rjk8sd
ހައިކޯޓު — ފޮޓޯ: ޕީއެސްއެމް

ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އިއްޔެ އައްޔަންކުރެއްވުމާ ގުޅިގެން ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ވަނީ ހުސްވެފައެވެ. .ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވުމާ ގުޅިގެން ޖޭއެސްސީން މިއަދު ވަނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ ހަވާލުކޮށްފައެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީން މިއަދު އިއުލާންކޮށްފައިވަނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އެއް ބޭފުޅަކު، އަދި ފަނޑިޔާރުކަމުގެ މަގާމަށް އެއް ބޭފުޅަކު އައްޔަންކުރުމަށެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް މިމަހުގެ 29 ގެ 12:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ. އަދި ފަނޑިޔާރުކަމުގެ މަގާމަށް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ގެ 10:00 ގެ ކުރިންނެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުންނަށެވެ. އިސްފަނޑިޔާރުގެ މުސާރައަކީ އެލަވަންސްތަކާއެކު ޖުމުލަ 69،000 ރުފިޔާއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ އެލަވަންސްތަކާއެކު ޖުމުލަ 67،000 ރުފިޔާއެވެ. އެ މަގާމަށް ހުށަހެޅެނީ އުމުރުން 25 އަހަރުވެފައިވާ، ތަޖުރިބާގެ ގޮތުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމާއި ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް https://apply.jsc.gov.mv އަށް ހުށަހެޅުމަށް ޖޭއެސްސީން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

އަމީން ކޮންސްޓްރަކްޝަން ކުށްވެރިނުވާ ކަމަށް ނިންމި ނިންމުން ހައިކޯޓަށް ގެންގޮސްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ