ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންއެފް އަދި އެމްޓީޑީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން އަހަރީ ރިޕޯޓު ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، ދެ ސިޔާސީ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅުއްވާފައިވެއެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، ކޮންމެ އަހަރަކުވެސް ޕާޓީތަކުން އަހަރީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން ލާޒިމުވެއެވެ. މިއަހަރުގެ ރިޕޯޓުތައް ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން 7 ޕާޓީއަކުން އަހަރީ ރިޕޯޓު ހުށަހަޅުއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. މިގޮތުން ރިޕޯޓު ހުށަހެޅުއްވި ޕާޓީތަކުގެ ތެރޭގައި ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއެންޕީ، އެމްޑީއޭ އަދި ދަ ޑިމޮކްރެޓްސް ހިމެނެއެވެ.

މިހާތަނަށް އަހަރީ ރިޕޯޓު ހުށަނާޅާ ދެ ޕާޓީއަކީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާއި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސަލާޙު ރަޝީދު ވިދާޅުވެފައިވަނީ، މި ދެ ޕާޓީއަށް އަންގާރަ ދުވަހާ ހަމައަށް ރިޕޯޓު ހުށަހެޅުމަށް އިތުރު ފުރުސަތެއް ދެއްވާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައިވެސް ރިޕޯޓު ހުށަނާޅައިފިނަމަ، އެ ދެ ޕާޓީއާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދަ ތަފްސީލީ މަޢުލޫމާތު ހާމަކުރެއްވީ ފުރަތަމަ ފަހަރަށެވެ. މި މަޢުލޫމާތުތައް ހާމަކުރެއްވުމުގެ މަޤްޞަދަކީ ޕާޓީތައް މޮނިޓަރކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުން ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M MOHAMED
Pnf akee rejistry party eh noon.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

IBRAHIM SHALEEZ

ކ. ގުރައިިދޫ ކައުންސިލްގެ ގޮނޑިވެސް ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި