ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓުގެ ހިންގުން ފަނޑިޔާރު މުޙައްމަދު ފައިސަލްއާ ވަގުތީގޮތުން ހަވާލުކުރައްވައިފި

ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވުމާ ގުޅިގެން، ހައިކޯޓުގޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލްއާ ހަވާލުކުރައްވައިފިއެވެ.

މި ނިންމުން ނިންމަވާފައިވަނީ މިއަދު ބޭއްވެވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާއަކުންނެވެ. ހައިކޯޓުގެ ހިންގުން ފަނޑިޔާރު ފައިސަލްއާ ހަވާލުކުރެއްވުމާއެކު، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އެއް މަޤާމު ވަނީ ހުސްވެފައެވެ. މި މަޤާމަށް ފަނޑިޔާރަކު ހޮވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަވަސް މުސްތަޤުބަލެއްގައި އިޢުލާނު ކުރައްވާނެ ކަމަށް ލަފާކުރެވެއެވެ.

މިހާރު ހައިކޯޓުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ 10 ފަނޑިޔާރުންނެވެ. އޭގެ ތެރެއިން އެންމެ ސީނިއަރ ފަނޑިޔާރަކީ އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ. އަދި ދެވަނައަށް އެންމެ ސީނިއަރ ފަނޑިޔާރަކީ އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ. ފަނޑިޔާރު ނިޔާޒަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

އަމީން ކޮންސްޓްރަކްޝަން ކުށްވެރިނުވާ ކަމަށް ނިންމި ނިންމުން ހައިކޯޓަށް ގެންގޮސްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ

Mm

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ