ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަންދީގެ މައްޗަށް ދައުވާކޮށްފި

6253463046173346336
އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) — ފޮޓޯ: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން މަންދީ ދެއްކި އެ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހެޅުއްވީ، ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ފަރާތުން، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ހިންގަވާ ލޯ ފާމް “ރެހެންދި ޗެމްބާސް” އިންނެވެ.

އެކަމާ ގުޅޭގޮތުން އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އުމައިރަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވައި، އުމައިރުގެ ކިޔެވުމަށާއި މުސްތުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

މަންދީގެ މައްޗަށް ދައުވާކުރީ އޭނާގެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލައިފައިވާތީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅަައިގެންފައިވާތީ ކަމަށް އާޒިމާގެ ބަޔާނުގައިވެއެވެ.

މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެ ޕާޓީއަށް ވެސް ދައުވާކުރަން މެޑަމް ސާޖިދާ ވަނީ ނިންމަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

Oo

ރައީސް މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި

taxi

ޓެކްސީ ލައިނަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވާން ސަރުކާރުން ހުޅުވާލައިފި