ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއީލު ސިފައިން ދެމުންދާ ހަމަލާތައް ދިވެހިރާއްޖެއިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލހަމަލާތަކުގައި މިހާތަނަށް އެ ސަރަހައްދުގެ ކުށެއްނެތް އާންމު ރައްޔިތުންނާއި ކުޑަކުދިން ހިމެނޭގޮތުން 400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ންސާނީ ޙައްޤުތަކުގެ މިންގަނޑުތަކަށް ބަލާއިރުވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ހަމަލާތައް ދެމުންދަނީ އިސްލާމީ އުންމަތުގެ މުޤައްދަސް ރަމަޟާންމަހު ކަމަށްވާތީ، ރާއްޖެއިން ވަނީ މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި މައްސަލައިގައި ދިވެހިރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. ރާއްޖެއިން އަބަދުވެސް ދަނީ ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރަމުންނެވެ. އަދި ބައިނަލްއަޤްވާމީ އެކިއެކި މަންޞަތަކުގައިވެސް އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ މަދަނީ ރައްޔިތުންނަށް އިސްރާއީލުން ހިންގަމުންދިޔަ އަނިޔާވެރި ޢުދުވާން އަލުން ފަށައި، އެ ސަރަހައްދުގެ އެކި ކަންކޮޅުތަކަށް ނުރައްކާތެރި ހަމަލާތައް ދަނީ ދެމުންނެވެ. ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، ނުރައްކާތެރި އަދި ވީރާނާކުރަނިވި ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލުން ދޭން ފަށާފައިވާ ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ އިތު އިތުރުން މެދުތެރެއާއި ދެކުނުގައި އޮތް ދައިރް އަލް-ބަލަޙް، ޚާން ޔޫނިސް އަދި ރަފަޙްގެ މަދަނީ ސަރަހައްދުތަކަށެވެ. މި ހަމަލާތަކާ ގުޅިގެން، ހަމާސްއާއެކު ޢަމަލުކުރަމުންދިޔަ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެފައިވާކަމަށް އެ ޖަމާޢަތުން ބަޔާންކޮށްފައިވެއެވެ.

އިސްރާއީލުގެ އަނިޔާވެރި ޢުދުވާންތައް އަލުން ފެށުމާއެކު، ހަމަލާ ހުއްޓާލުމަށް ޢަމަލުކުރަމުންދިޔަ އެއްބަސްވުން މިވަނީ ނިމުމަކަށް އައިސްފައެވެ. ޣައްޒާގެ މަދަނީ ރައްޔިތުންނަށް އިސްރާއީލު ސިފައިން ނުރައްކާތެރި ޢުދުވާނެއް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ޢުދުވާނުގައި 61,700 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 111,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ދިވެހިރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައި، މި އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށާއި، ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށް މަސައްކަތްކުރުމަށް ބާރުއަޅާފައިވެއެވެ.

ދިވެހިރާއްޖެއިން ދަނީ ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތަށް ތާއީދުކުރަމުންނެވެ. އަދި ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރަމުންނެވެ. ރާއްޖެއިން ގޮވާލަނީ ދެ ދައުލަތުގެ ޙައްލަކަށް ވާސިލުވެ، ފަލަސްޠީނު ރައްޔިތުންނަށް އެމީހުންގެ ޤާނޫނީ ޙައްޤުތައް ލިބިދިނުމަށެވެ.

މި ނާޒުކު ދަނޑިވަޅުގައި، ދިވެހިރާއްޖެއިން ދަނީ ފަލަސްޠީނު ރައްޔިތުންނަށް އެއްބާރުލުން ދެމުންނެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލަނީ މި ހަނގުރާމަވެރި ޢަމަލުތައް ހުއްޓުވައި، ސަރަޙައްދުގައި ޞުލްޙަ ޤާއިމުކުރުމަށް އެއްބާރުލުން ދިނުމަށެވެ. އަދި ހަމައެހެންމެ، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

ELL Mobile Advertisement TTH_advertisement