ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އަޒްމިރަލްދާ އާއި މަހާޒު، މާދަމާ ޖޭއެސްސީއަށް ހާޒިރުކުރަނީ

azmiralda-mahaz
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު — ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު، މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

އަޒްމިރަލްދާ އާއި މަހާޒަށް ޗިޓު ފޮނުވާފައިވަނީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު “ހުތުރު ބަހުން” ވާހަކަދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި މައްސަލައިގެ ތަހުގީގާ ގުޅިގެންނެވެ.

ޖޭއެސްސީން ދަނީ އެ މައްސަލައިގެ އިތުރުން އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލަ ވެސް ބަލަމުންނެވެ. އެ މައްސަލައިގައި ވެސް ޖޭއެސްސީން ބަލަމުންދަނީ އަޒްމިރަލްދާ އާއި މަހާޒްގެ މައްސަލައެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގަށް މީގެ ކުރިން ވެސް އަޒްމިރަލްދާ އާއި މަހާޒް ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. މިމަހުގެ ދިހަވަނަ ދުވަހު ޖޭއެސްސީއަށް ހާޒިރުކުރުމުން އެ ދެ ފަނޑިޔާރުން ވެސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި ހުސްނުއްސުއޫދުގެ މައްސަލަ ވެސް ބަލަން ފަށައިފައެވެ. ނަމަވެސް ސަސްޕެންޝަނުގައި ހުންނަވަނިކޮށް، ސުއޫދު ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒް އަދި ސުއޫދު ސަސްޕެންޑުކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ޖޭއެސްސީން ތިން ފަނޑީޔާރުންގެ މައްސަލަ ބަލަން ފަށާފައިވަނީ އޭގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Supreme Court

އަނބިމީހާ މަރާލަން އުޅުނު މީހާ ދޫކޮށްލުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

B irv3lfa0yctrtnenqr755ih7t

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަފީއު

ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް

TTH_advertisement