ފަސްޓް ނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަން (އެފްއެންއެފްސީ) ގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަޤާމަށް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މަޤާމުން އިހަށްދުވަހު އިސްތިޢުފާ ދެއްވި މަރިޔަމް ވިސާމް އައްޔަނުކުރައްވައިފިއެވެ.
މަރިޔަމް ވިސާމް ރަޖިސްޓްރާރ އޮފް ކޮމްކޮމްޕެނީޒްގެ މަޤާމުން އިސްތިޢުފާ ދެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އެ މަޤާމަށް އޭނާ އައްޔަނުކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުއެވެ.
އެފްއެންއެފްސީގެ ބޯޑުން އެ ކުންފުނީގެ ސީސީއޯގެ މަޤާމަށް މަރިޔަމް ވިސާމް އައްޔަނުކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި އައްޔަނުކުރެއްވުމާ ގުޅިގެން، އެ ކުންފުނީގެ އިސްތިރާތީޖީތައް އެކުލަވާލައި ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އޭނާއާ ހަވާލުކުރެވިފައިވެއެވެ.
މަރިޔަމް ވިސާމަކީ ވިޔަފާރި އަދި މާކެޓިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޓެކްނިކަލް ކޮމިޓީގެ ޗެއަރގެ މަޤާމު ފުރުއްވާފައެވެ. އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ބޯޑުގައިވެސް ޚިދުމަތް ކުރައްވާފައިވެއެވެ.
އެފްއެންއެފްސީއަކީ ކުރީގެ އޮޑިޓަރ ޖެނެރަލް އަލްފާޟިލް ޙަސަން ޒިޔާތުގެ އިސްނެންގެވުމުގެ ދަށުން 2021 ވަނަ އަހަރު އުފައްދަވާފައިވާ މާލީ ޚިދުމަތްދޭ އަމިއްލަ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ހިޔާލު