ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

ގާނޫނީގޮތުން ވަކި މީހަކު ތަފާތުކުރުމަކީ އަޅުގަނޑަށް އޮތް ޗޮއިސްއެއް ނޫން: ރައީސް

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފިއެވެ. މި މުހިންމު ފިޔަވަޅަކީ ރާއްޖޭގައި އިތުރުވަމުން އަންނަ ސްކޭމް މައްސަލަތަކަށް ހައްލު ހޯދުމުގެ މަޤްޞަދުގައި އެޅުނު ފިޔަވަޅެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގެ ދަށުން، 2024 ވަނަ އަހަރުގެ ޖޫން މަހު “އެންޓި ސްކޭމް ސެންޓަރު” ގެ ނަމުގައި މި މަރުކަޒު ޤާއިމްކުރެވުނެވެ. މި ސެންޓަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

1. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
2. ކަމާގުޅޭ އެހެނިހެން އިދާރާތަކާއެކު މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބެލެހެއްޓުން.

މި އައު ނިޒާމުގެ ދަށުން، ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްޞަ ކޯލް ސެންޓަރެއް ޤާއިމްކުރެވިފައިވެއެވެ. މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރެވޭ ހިސާބުން ފެށިގެން:

– މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
– އެ އިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

މިހާރު ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރެވޭނެ ގޮތްތައް:

1. ނޭޝަނަލް އިމަރޖެންސީ ނަންބަރު: 911
2. އެންޓި ސްކޭމް ހޮޓްލައިން: 125 (އެކްސްޓެންޝަން 2020)
3. އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް: [email protected]
4. މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފުލުހުންގެ ސެންޓަރުތައް

މި ޚިދުމަތްތައް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ލިބެން ހުންނާނެއެވެ.

ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް އިލްތިމާސްކުރައްވަނީ ސްކޭމް މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ޚިދުމަތާއި މާލީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104 151853

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އިންނަމާދޫ ޕޮލިސް ޕޯސްޓް ބިލްޑިންގެ މަސައްކަތް ފަށައިފި

TTH_advertisement