ކުއްލި ޚަބަރު

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގައި ދެ ގައުމުގެ ފައިސާ ބޭނުންކުރެވޭނެ

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ހިންގޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ ލިބިއްޖެއެވެ.

އިންޑިއާގެ މަރުކަޒީ ބޭންކު ކަމުގައިވާ ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

އިއްޔެ ނެރުނު ސަރކިއުލާއެއްގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ހާމަކުރި ގޮތުގައި، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ހިންގޭ ދ‌ޭދޭ ޤައުމުތަކުގެ މާލީ މުޢާމަލާތްތަކުގައި އޭސިއަން ކްލިއަރިންގ ޔޫނިއަން (އޭސީޔޫ) މެކޭނިޒަމްގެ އިތުރުން ދިވެހި ރުފިޔާ އަދި އިންޑިއަން ރުޕީ ބޭނުންކުރެވޭނެއެވެ.

އޭސީޔޫ މެކޭނިޒަމަކީ ސަރަޙައްދީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ތެރެއިން އޭސީޔޫގައި ބައިވެރިވާ ޤައުމުތަކުން މާލީ މުޢާމަލާތްތައް ހިންގާ ނިޒާމެކެވެ. އޭސީޔޫގައި ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބެލަރޫސް، ބޫޓާން، އިންޑިއާ، އީރާން، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

މި ނިންމުމަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއާ ގުޅިގެން އައި ބަދަލެކެވެ. އިންޑިއާގެ މަރުކަޒީ ބޭންކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ނިންމުމަށް ވަގުތުން ޢަމަލުކުރަން ފެށޭނެއެވެ.

އިންޑިއާއަކީ ދިވެހިރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެކްސްޕޯޓްކުރާ މައި ޤައުމު ކަމުން، މި ނިންމުމުގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަން ލުއިފަސޭހަވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.

މާލީ މުޢާމަލާތްތަކުގައި ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމަށާއި އިންޑިއަން ރުޕީގެ މަޤްބޫލުކަން އިތުރުކުރުމަށް އިންޑިއާއިން ދަނީ މަސައްކަތްކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހު، ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަސޭހައިން ލޯނު ލިބޭ އެމްއެމްއޭ ގެރެންޓީ ސްކީމް އަލުން ތަޢާރަފްކުރަނީ

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ

ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއް

އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަނީ

TTH_advertisement