ކުއްލި ޚަބަރު

އައްޑޫ ސިޓީ މޭޔަރު ކަމަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ޑރ. އަދީލް ފޯމު ހުށަހަޅުއްވައިފި

އައްޑޫ ހައި ސްކޫލްގެ ދަރިވަރު ވެސް ސަސްޕެންޑުކޮށްފި

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

އަނިޔާއެއްގެ ސަބަބުން މެސީ އާޖެންޓީނާ ގައުމީ ޓީމުގެ ސްކޮޑުން އުނިކޮށްފި

އާޖެންޓީނާގެ ކެޕްޓަން އަދި ފުޓުބޯޅަ ތަރި ލިއޮނަލް މެސީ، ފީފާ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކަށް ނެގި ގައުމީ ޓީމުގެ ސްކޮޑުން އުނިކޮށްފިއެވެ. މިގޮތަށް އޭނާ އުނިކުރަން ޖެހުނީ އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި ކުޅެމުންދަނިކޮށް ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

އާޖެންޓީނާގެ ތާރީޚުގައި އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ ކަމުގައިވާ މެސީއަށް މި އަނިޔާ ލިބުނީ އިންޓަރ މަޔާމީއިން އެޓްލާންޓާ ޔުނައިޓެޑް 2-1 އިން ބަލިކުރި މެޗުގައެވެ. އެ މެޗުގައި މެސީ ވަނީ ލަނޑެއްވެސް ޖަހާފައެވެ.

މި އަނިޔާގެ ސަބަބުން، އުމުރުން 37 އަހަރުގެ މި ކުޅުންތެރިޔާ އާޖެންޓީނާ ޓީމާއެކު ދަތުރުކުރުމުގެ ބަދަލުގައި ފަރުވާ ހޯދުމަށް އެމެރިކާގައި މަޑުކުރުމަށް ނިންމާފައިވެއެވެ.

މެސީއާ އެއްފަދައިން، ބްރެޒިލްގެ ތަރި ނޭމާވެސް ވަނީ އަނިޔާއެއްގެ ސަބަބުން އެ ޤައުމުގެ ގައުމީ ޓީމުގެ ސްކޮޑުން އުނިކޮށްފައެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގ މުބާރާތުގެ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ތާޖު އަޅުވާފައިވާ އާޖެންޓީނާއެވެ. 12 މެޗުން އެ ޓީމުން ވަނީ 25 ޕޮއިންޓް ހޯދާފައެވެ. ކޮލިފައިންގ މުބާރާތުގެ ދެން އޮތް މެޗުގައި، މި ހަފުތާގެ ހުކުރު ދުވަހު އާޖެންޓީނާ ކުޅޭނީ ތާވަޅުގެ ދެވަނައިގައި އޮތް އުރުގުއޭއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން، މި މަހުގެ 25 ވަނަ ދުވަހު ބްރެޒިލްއާ ދެކޮޅަށް ކުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2026 ވޯލްޑް ކަޕްގެ ގުރުއަތުލުން މިރޭ

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

TTH_advertisement