ކުއްލި ޚަބަރު

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ

ބްރޯޑްކޮމްގެ މެންބަރުކަމުން ފަޒީން އިސްތިއުފާދެއްވައިފި

471260797 1024425699725112 7170553121640521354 n
ބްރޯޑްކޮމްގެ މެންބަރުކަމުން އިސްތިއުފާދެއްވި މުހައްމަދު ފަޒީން — ފޮޓޯ: ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވައިފިއެވެ.

ފަޒީން އިސްތިއުފާދެއްވާފައި މިވަނީ، ބްރޯޑްކޮމްގެ މެންބަރުކަމުން އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވަނިކޮށެވެ. ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް، ފަޒީން ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުވާ މައްސަލައެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ވަނީ ބަލައިފައެވެ.

އިސްތިއުފާދެއްވުމަށް ފަޒީން މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ މަގާމުން އިސްތިއުފާދެއްވުމަށް ނިންމެވީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ކޮމިޝަނުގެ މެންބަރުކަމުގެ ޒިންމާ އުފުލުމަކީ މި ހިނދަށް ކުރެވެން ނެތް ކަމެއް ކަމަށް ގަބޫލުކެރެވޭތީ ކަމަށެވެ.

ފަޒީން ވަނީ އޭނާއަށް ތުހުމަތުވާ ޖިންސީ ފުރައްސާރައިގެ މައްސަލަ ވެސް ދޮގުކުރައްވައިފައެވެ. އެކަމާ ގުޅޭ ބަޔާނުގައި ފަޒީން ވިދާޅުވީ އެ މައްސަލަ ކޮމިޝަނުގެ ކޮމިޓީއަކުންނާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ފުލުހުން ތަހުގީގުކުރުމުން ވެސް ބުނި ބުނުން ފިޔަވައި ގުޅުވައިލެވޭނެ އިތުރު އެއްވެސް ހެއްކަކާއި ގަރީނާއެއް މިހާތަނަށް ދެއްކިފައިނުވާ ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ފަޒީން އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ ރާއްޖެ ޓީވީ އާއި ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައެވެ.

ގުޅުންހުރި

82e

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ޔު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

90

މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

Ui

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

TTH_advertisement ELL Mobile Advertisement