ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޯދިގާއި މިޒްމާދު ޕޮލިސް ބޯޑަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ޕޮލިސް ބޯޑަށް އައު މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ގޮތުން، މުޙައްމަދު ސޯދިޤު އަދި އަޙްމަދު މިޒްމާދު އެ ބޯޑުގެ މެންބަރުކަމަށް ހޮވިފައިވެއެވެ.

ޕޮލިސް ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވުނީ، މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދެ ބޭފުޅެއްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. މި މަޤާމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވުނެވެ.

ކޮމިޓީން ކުރިއަށް ގެންދިޔަ އިންޓަވިއު ޕްރޮސެސްގައި، އަށް ދާއިރާއަކުން ސުވާލުކޮށް، 75 އިންސައްތައިން މަތިން މާކްސް ހޯދާ ބޭފުޅުން ޝަރުޠު ފުރިހަމަވާ ކަމަށް ބެލެވުނެވެ. އިންޓަވިއުގައި އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އަޙްމަދު މުޢާވިޔަތު ޤާސިމަށެވެ. ދެވަނައަށް އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އަޙްމަދު މިޒްމާދަށެވެ.

މުޙައްމަދު ސޯދިޤަކީ ފުލުހުންގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަޙްމަދު މިޒްމާދަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ، މިހާރު ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ޕޮލިސް ބޯޑު އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާތަކުން ތިން މެންބަރުންނާއި، އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި