ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮޖެހުން ބަލައިނުގަނެވޭ: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުމުގެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ، މިފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ދަނޑިވަޅުގައި އިތުރު ނުތަނަވަސްކަން އުފެދިޔަ ނުދިނުމަށް އެންމެންނަށް އިލްތިމާސްކުރައްވާފައިވެއެވެ. މީގެ އިތުރުން، އަދުލު އިންސާފު ގާއިމުކުރުމުގެ މަރުހަލާ ފުރިހަމައަށް ހިންގުމަށް ފުރުސަތު ދިނުމަށްވެސް އެކަމަނާ ގޮވާލައްވާފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ، އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާއެއް ނިމުމަށްފަހު، މަރިޔަމް ޒުބައިރު ގެއަށް ދަނިކޮށެވެ. އޭނާގެ ބުނުމުގައި، ހެލްމެޓު އަޅައިގެން ތިބި ބަޔަކު އޭނާގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، މެޑަމް ސާޖިދާ އިތުރަށް ވިދާޅުވެފައިވަނީ، މީހުންނަށް ހަމަލާދީ ދުއްތުރާކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ނާޒުކު ވަގުތެއްގައި އެންމެން އެކުގައި މަސައްކަތްކޮށް، އިތުރު ހަމަނުޖެހުންތައް ހުއްޓުވުމަށް ގޮވާލައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

madam saajida

އަޅުގަނޑުމެން ޖެހޭ ދީނީ ކަންކަމާއެކު ހުރިހާ ޒިންމާތަކެއް ހަމަހަމަ ކަންމަތީގައި ކުރަން: ސާޖިދާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަކީ، ފަޚުރަކަށް ހަދަންޖެހޭ: ސާޖިދާ

ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ޑިޖިޓަލް ޕްލެޓްފޯމްތައް، އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ: ސާޖިދާ