ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ކަރަބާއޯ ކަޕް ނިއުކާސަލްއިން ކާމިޔާބުކޮށްފި

ކަރަބާއޯ ކަޕްގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް، ލިވަޕޫލްގެ މައްޗަށް ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވުނު މި ފައިސަލާކުރާ މުބާރާތުގައި ނިއުކާސަލް ޔުނައިޓެޑް ވަނީ 2-1 ގެ ނަތީޖާއަކުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ވޭތުވެދިޔا 70 އަހަރުގެ ތެރޭގައި އިނގިރޭސި ފުޓްބޯޅައިގެ މޭޖަރ މުބާރާތެއްގެ ތަށި ނިއުކާސަލް ޔުނައިޓެޑްއިން ހޯދި ފުރަތަމަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ފެންވަރު ރަނގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ފުރަތަމަ ދަނޑިވަޅުގައި ލިވަޕޫލަށް ގޯލު ޖެހުމުގެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތައް ބޭނުންކުރުމުގައި އެ ޓީމް ނާކާމިޔާބުވިއެވެ.

ނިއުކާސަލް ޔުނައިޓެޑްގެ ފުރަތަމަ ގޯލު އައީ މެޗުގެ ފުރަތަމަ ބައިގެ އިތުރު ވަގުތުގައެވެ. ކިއެރެން ޓްރިޕިއާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޑަން ބާންއެވެ. މިއާއެކު މެޗުގެ ފުރަތަމަ ބައި ނިމުނުއިރު ނިއުކާސަލް ޔުނައިޓެޑް ވަނީ ކުރިއަރައިގެންނެވެ.

މެޗުގެ ދެވަނަ ބައިގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. މެޗުގެ 52 ވަނަ މިނެޓުގައި ނިއުކާސަލް ޔުނައިޓެޑްއިން ޖެހި ގޯލު، ވީއޭއާރު މެދުވެރިކޮށް ބެލުމަށްފަހު ބާތިލުކުރެވުނެވެ. ނަމަވެސް، 53 ވަނަ މިނެޓުގައި ޖެކޯބް މާފީ ތަނަވަސްކޮށްދިން ފުރުސަތަކުން އެލެކްސެންޑަރ އިސާކް ވަނީ ނިއުކާސަލް ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ލިވަޕޫލަށް މި މެޗުގައި ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމަށް ގޯލެއް ކާމިޔާބުކުރެވުނީ މެޗުގެ 90 މިނެޓު ހަމަވުމަށްފަހު ކުޅުނު އިތުރު ވަގުތުގައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ފެޑެރިކޯ ޗިއެސާއެވެ. އެހެންނަމަވެސް، މެޗު ނިމުނުއިރު 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ވަނީ އެ ޓީމުގެ ތާރީޚީ ކާމިޔާބީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާގައި ހަމާސްގެ ވަފުދުގެ އެއްވެސް ބޭފުޅަކު އަވަހާރައެއް ނުވޭ: ހަމާސް

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ELL Mobile Advertisement TTH_advertisement