ކުއްލި ޚަބަރު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ތައިލޭންޑްގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މިނިސްޓަރު ފެންވަރުގައި ނަރީޝް ޔޫތް މިނިސްޓަރުގެ އެޑްވައިޒަރަކަށް

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޙްމަދު ނަރީޝް، މިނިސްޓަރު ފެންވަރުގެ މަޤާމަކަށް ޔޫތު މިނިސްޓްރީއަށް އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އަލްފާޟިލާ ހީނާ ވަލީދު “ވަން” އަށް މަޢުލޫމާތު ދެއްވިގޮތުގައި، އަޙްމަދު ނަރީޝް އައްޔަނުކުރައްވާފައިވަނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަޙީދު (އަސްވާޑު) ގެ ލަފާދޭ ފަރާތެއްގެ މަޤާމަށެވެ. މި މަޤާމަށް ނަރީޝް އައްޔަނުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ހީނާ ވިދާޅުވިއެވެ.

ނަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރުކަމާއި މާފަންނު މެދު ދާއިރާގެ ކައުންސިލަރުކަމުން އިސްތިޢުފާ ދެއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އިސްތިޢުފާ ދެއްވުމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ނަރީޝް ފާހަގަކުރައްވާފައިވަނީ، ޑެޕިއުޓީ މޭޔަރުކަމުގައި ހޭދަކުރެއްވި ދުވަސްތަކަކީ ވަޒީފާގެ މާޙައުލުގައި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. އަދި އެ މަޤާމަށް އިންތިޚާބުކުރެއްވުމަށް ތާއީދުކުރައްވައި ވޯޓު ދެއްވި ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ނަރީޝް ކައުންސިލަށް އިންތިޚާބުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

ނަރީޝްގެ އިސްތިޢުފާއާ ގުޅިގެން، މިއަދު ވަނީ މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރު މުޙައްމަދު އަރީޝް އިންތިޚާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފަށައިފި

ސިވިލް ސޮސައިޓީ އެވޯޑް ހަތް ޖަމިއްޔާއަކަށް ދީފި

Dd

ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

TTH_advertisement