ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި އަލަށް ޤާއިމުކުރެވުނު އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުމާލޭގައި އަލަށް ޤާއިމުކުރި “ހުޅުމާލެ އެނެކްސް 2” އިންޖީނުގެ ރަސްމީކޮށް ހުޅުވާލައިފިއެވެ. މި އިންޖީނުގެ ހުޅުވާލެވުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ކަރަންޓުގެ ބޭނުން އިތުރުވާނެކަމަށް ލަފާކުރެވޭތީއެވެ.

މި އިންޖީނުގެއާ ގުޅޭ އިތުރު މަޢުލޫމާތު:

• އިންޖީނުގެ ޤާއިމުކުރެވިފައިވަނީ 48,000 އަކަފޫޓުގެ ސަރަޙައްދެއްގައެވެ.
• މުޅި އިންޖީނުގޭގައި ޖުމުލަ 1.6 މެގަވޮޓުގެ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ވަނީ ރޭވިފައެވެ.
• މިހާތަނަށް 7 ޖަނަރޭޓަރު ސެޓު ވަނީ ކޮމިޝަން ކުރެވި، ބޭނުންކުރަން ފަށާފައެވެ.
• ބާކީ 5 ޖަނަރޭޓަރު ސެޓު ރަމަޟާން މަސް ނިމުމުގެ ކުރިން ކޮމިޝަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
• މި މަޝްރޫޢު ފުރިހަމަވުމުން، ހުޅުމާލޭ އެނެކުސް2 އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވިގޮތުގައި، މި އިންޖީނުގެ ތަރައްޤީކުރެވުނީ އެންމެ 10 ދުވަހުގެ ތެރޭގައި، ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. އަދި މިއަހަރުގެ ޕީކް ސީޒަންގައި ކަރަންޓު އޯވަރލޯޑްވެގެން ކެނޑޭނެކަމަށް ނުބެލެވުނު ނަމަވެސް، ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް