ކުއްލި ޚަބަރު

ބީއެމްއެލް އިން ހަނިމާދޫ އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށްފި

ހަނިމާދޫ އެއާޕޯޓަކީ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ ކުރިއެރުމާ ގުޅިފައިވާ ދޮރާށި: ރައީސް

ލަންކާގެ ބޯޓުން ހައްޔަރުކުރި މީހުން ފުލުހުންނާ ހަވާލުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދު ވެސް ކުރިމަތިލައްވައިފި

Shaheed

ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން ކުރިމަތި ލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ. އެހެންވެ އަލުން އިއުލާންކުރިއެވެ.

މިއަދު ހެނދުނު ދިހަގެއް ޖަހަންދެން ދީފައިވާ މުއްދަތުގައި ޝަހީދުގެ އިތުރުން ކުރިމަތިލެއްވީ ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 30 އަހަރު ވެފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަން ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ތިން ބޭފުޅަކު

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމަށް ރުހުން ދޭން ކޮމެޓީން ނިންމައިފި

ސުޕްރީމް ކޯޓަށް މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް

Sallllllllllllllllllllllllllllllllllllllllllllllllllllllllllllllllll

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމީދާއި ސަލީމް އައްޔަންކުރަން ލަފާދެނީ

TTH_advertisement