ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިގުރަށުން ފަތުރުވެރިންތަކެއް ބޭލުވި މައްސަލަ ބަލަނީ

އދ. ދިގުރަށް
އދ. ދިގުރަށް — ފޮޮޓޯ: ބްލިސް ދިގުރަށް

އދ. ދިގުރަށުން ފަތުރުވެރިންތަކެއް ބޭލުވި މައްސަލަ ބެލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

ދިގުރަށުގައި އެ މައްސަލަ ހިނގާފައިވަނީ، އެ ރަށުގައި ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރާ ފަތުރުވެރިން ދައްކަންޖެހޭ ފީ ދައްކާފައިނުވާތީ ފަތުރުވެރިންތަކެއް ރަށުން ފޭބުމަށް އެންގުމާ ގުޅިގެންނެވެ.

ގޮނޑުދޮށުގައި ތިބި ފަތުރުވެރިންތަކެއް އެ ސަރަހައްދު ދޫކޮށް ދިއުމަށް ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން އަންގަވާ ވީޑިއޯއެއް ވެސް ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކައުންސިލަށް ފާޑުކިޔުންތަކެއް ވެސް އަމާޒުކޮށްފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ލޯކަލް ގަވަމަންޓް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަން ހިނގައިދިޔަ ގޮތް ބައްލަވާނެ ކަމަށެވެ.

ދިގުރަށުގައި ހިނގައިދިޔައީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި މުޖުތަމައުގެ މިންގަނޑަށް އިހުތިރާމު ކުރާ ނަމަ، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފަތުރުވެރިންނަށް މަރުހަބާ ކިޔަންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Minister Adam Shareef

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް މި އަހަރު ފަށަނީ، ޒުވާނުންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

kulli khabaru

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

990

ރެކޯޑް ނުބަލަހައްޓާނަމަ މާލޭގައި ދިރިއުޅުނު ކަމުގެ ލިޔުން ދޫނުކުރަން އެލްޖީއޭ އިން ކައުންސިލްތަކަށް އަންގައިފި