ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ފަޤީރުންގެ ދަފްތަރުގައި ޖެހުމަށް އޮޅުވާލައި ދޮގު މަޢުލޫމާތު ދީފައިވާނަމަ ޙައްޖުގެ ފުރުޞަތު ގެއްލޭނެ: ވަޒީރު

ފަޤީރުންގެ ދަފްތަރުގައި ޖެހުމަށް އޮޅުވާލައި ދޮގު މަޢުލޫމާތު ދީފައިވާކަން ސާބިތުވެއްޖެނަމަ، އެފަދަ ފަރާތްތަކަށް ޙައްޖުގެ ފުރުޞަތު ގެއްލޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި ބަސްފުޅު ވިދާޅުވީ، މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދެވޭ 50 ފަޤީރުންގެ ތެރޭގައި އޮޅުވާލައިގެން މަޢުލޫމާތު ދީފައިވާ ފަރާތްތަކެއް ހިމެނޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދިއުމަށް ފަޤީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ޙައްޖަށް ފޮނުވުމުގެ ކުރިން، އެފަރާތްތަކުގެ ޙާލަތު އިތުރަށް ބަލައި، ފަޤީރުންގެ ޝަރުޠުތަކަށް ފެތޭކަން ކަށަވަރު ކުރެވޭނެއެވެ. އަދި އޮޅުވާލައިގެން މަޢުލޫމާތު ދީފައިވާކަން ސާބިތުވެއްޖެނަމަ، އެފަދަ ފަރާތްތަކަށް ޙައްޖުގެ ފުރުޞަތު ގެއްލޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވުމަށް 50 ފަޤީރުން ވަނީ ހޮވިފައެވެ. އަދި އެއްވެސް ސަބަބަކާހުރެ މީހަކު އުނިވެއްޖެނަމަ، ފުރުޞަތު ދެވޭނެ 10 ފަރާތެއްވެސް ވަނީ ހޮވިފައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް، މިއަހަރުވެސް ފަޤީރުންގެ ދަފްތަރުން ޙައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ ފަރާތްތައް ހޮވިފައިވަނީ ގުރުއަތުލުމުގެ އުސޫލުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ޙައްޖަށް ފޮނުވުމަކީ އެމަނިކުފާނުގެ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން، ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ، ޝަރުޠު ހަމަވާ ފަރާތްތަކަށް ޙައްޖުވުމުގެ ފުރުޞަތު ދެމުން ގެންދެއެވެ. މި ވަޢުދުގެ ދަށުން ފަޤީރުން ޙައްޖަށް ފޮނުވަން ފެށިފައިވަނީ މިދިޔަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިމާމުންނާއި، ވާއިޡުން ތަމްރީނު ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަަރްހޫމް ހުސައިން ވަހީދުގެ ހަަރަދުގައި ބިނާކުރެއްވި މިސްކިތް ހުޅުވައިފި

ޙައްޖު، ޢުމްރާ ކޮންފަރެންސްއަށް ސަޢުދީ ވަފުދެއް ރާއްޖެއަށް

Large thumb 1765217180161

މަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

TTH_advertisement