ކުއްލި ޚަބަރު

ރިސޯޓެއްގައި ނިޔާވި އަދީލް އޮޓޮޕްސީ ހެދުމަށް ފަހު ވަޅުލައިފި

ހައިވޭގައި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

މުޒާހަރާގައި ކުޑަކުދީންގެ ކަރާމާތަށް އަރައިގަންނާތީ އެޗްއާރުސީއެމުން އެކަން ކުށްވެރި ކޮށްފި

އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަދައްކާފައިވާތީ އެކަން އެޗްއާރުސީއެމުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީގެ މުޒާހަރާގައި އެފަދަ މޭރުމުން ވާހަކަ ދައްކާ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އެވެ. އޭނާ ވަނީ ރާއްޖޭގައި ވޭޕު މަނާކުރި ސަބަބު އޮޅުވާލަން މަސައްކަތް ކޮށް އެކަމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ ދޮގު ވާހަކަތަކެއް ދައްކާފައެވެ.

އެކަން ކުށްވެރިކޮށް އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގެ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކަރާމާތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ވާހަކަދައްކާފައިވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި ރޭގެ އެ އަމަލު ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ. އަދި ބުނީ ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ޤާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ހަައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށް ވީހިނދު، އެކުދިންގެ ކަރާމަތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

“ޤާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގައި އެކަކު އަނެކާގެ ހައްޤުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރުކަމާއެކު ހައްޤުގެ ބޭނުންކުރުމަށް އިލްތިމާސްކުރަން” އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީއަކީ އަބަދުވެސް އެ ޕާޓީގެ މަގުމަތީ ހަރަކާތްތަކުގައި ވާދަވެރީންގެ އާއިލާތަކަށް މިފަދަ އިން ފުރައްސާރަކޮށް ކަރާމާތަށް އުނިކަން އަންނަ ފަދަ ކަންކަން ކުރާ ޕާޓީ އެއްކަން ގިނަބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތައިލެންޑުގެ އައު ބޮޑުވަޒީރުގެ މަޤާމަށް އަނުތިން ޗާންވިރަކުލް

ރިސޯޓެއްގައި ނިޔާވި އަދީލް އޮޓޮޕްސީ ހެދުމަށް ފަހު ވަޅުލައިފި

މަސްތުވާތަކެއްޗާއެކު މުލިން ޒުވާނަކު ހައްޔަރުކޮށްފި

mwsc matheen

އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދަން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފި

ELL Mobile Advertisement TTH_advertisement