ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޭ 15 ގެ ކުރިން އަސާސީ ބޭސްތައް ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ލިބެން: ނާޒިމް

ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާ އެއްގޮތަށް މޭ 15 ގެ ކުރިން އަސާސީ ބޭސްތައް ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ލިބެން ހުންނާނެކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ތެރޭގައި ބޭހުގެ މައްސަލައަށް ފާހަގަކޮށްލެވޭ ޙައްލެއް ލިބޭނެކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް އެތެރެކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިތުރަށް ހަރުދަނާކުރެވެމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އަގުހެޔޮކޮށް ލިބޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ފަށާފައެވެ. ބޭސް އެތެރެކުރުމުގައި އޮތް ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފު ހުއްޓުވައި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ފެށި މަސައްކަތާއެކު ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް މި ހުރިހާ ކަމަކާއެކުވެސް މި ނިޒާމު ހަރުދަނާކުރުމަށް ދެގޮތެއް ނުވެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ އަޒުމު ކަނޑައަޅާފައެވެ.

އާސަންދައިގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށެވެ. ޒަމާންތަކެއް ވަންދެން ބޭސް އެތެރެކުރުމުގައި ހިންގަމުންދިޔަ ބޮޑެތި ޖަރީމާތައް ހުއްޓުވައި، ފެންވަރު ރަނގަޅު ބޭސް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި މަސައްކަތް ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން މަސައްކަތް ފެށުމާއެކު، މިކަމުން ނާޖާއިޒު ފައިދާ ނަގަމުންދިޔަ ފަރާތްތަކުން މިކަމަށް ހުރަސް އަޅަމުންދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގެން، މި މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރ. މީދޫގައި އިމާރާތްކުރާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި

minister nazim

ރާއްޖޭގައި ކެންސަރު ބަލި އާންމުވަމުންދާ ސަބަބު އަދި ނޭނގޭ: ނާޒިމް

ޞިއްޙީ ޚިދުމަތް ތަރައްޤީކުރަން އައިއެސްޑީބީ އިން 6.2 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް

މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީ