ހުޅުމާލެ ފޭސް ދޭއްގައި ކުޑަކުދީންތަކެއް ރޭގައި މާރާމާރީ ހިންގައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މާރާމާރީ ހިންގީ ރޭގެ 10 ޖަހާކަންހާއިރު ފޭސް ދޭއްގައި ކަމަށެވެ. އަށާރަ އަހަރުން ދަށުގެ ކުދީންތަކެއް މާރާމާރީ ހިންގީ ތޫނު ހަތިޔާރު ބޭނުން ކޮށްގެންނެވެ.

މި މާރާމާރީގައި އެތަނުން އެއް ކުއްޖަކު ވަނީ ޒަހަމުވެފަ އެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ މާރާމާރީގެ މައްސަލާގައި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު ކުދީން ހިފަހައްޓާފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.