ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިބު ރައީސްގެ ލަނޑާއެކު މުއިވެޔޮ އަށް ބޮޑު ކާމިޔާބީއެެއް!

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ ލަނޑާއެެކު އެފްއޭއެމް ވެޓެރަންސް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސްޓެލްކޯ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މުއިވެޔޮ ފްރެންޑްސް މޮޅުވެއްޖެއެވެ.

މި މުބާރާތުގައި މި ދެ ޓީމުން ވެސް ބައިވެރިވި ދެވަނަ މެޗު މިއީއެވެ. ފުރަތަމަ މެޗުގައި ސްޓެލްކޯ ވަނީ ކުލަބު އީގަލްސްއާ ދެކޮޅަށް މޮޅުވެފައިވާއިރު، މުއިވެޔޮ ފްރެންޑްސް ވަނީ ދަ ގްރާންޑޭއާ އެއްވަރުވެފައެވެ.

މާފަންނު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވަނީ މުއިވެޔޮއަށް ލަނޑެއް ކާމިޔާބުކޮށްދެއްވާފައެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިޔާގެ ތެރެއިން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައަކުން ނައިބު ރައީސް ހޯއްދެވި ލަނޑެކެވެ.

މުއިވެޔޮގެ އަނެއް ހަތަރު ލަނޑުގެ ތެރެއިން އިބްރާހިމް ފުރުގާން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ އިތުރު ލަނޑުތައް ކާމިޔާބުކުރީ އަޙްމަދު ސަޢީދު (އައްމަޓީ) އާއި ޢަބްދުﷲ ސުޖާޢުއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މުއިވެޔޮގެ އަޙްމަދު ސަޢީދު (އައްމަޓީ) އެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުންތައް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށް ރޭވިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް

452867 14cbb8f2 9

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު ނައިބު ރައީސް އިފުތިތާހުކޮށްދެއްވައިފި

448818 43e9be3c d

އިންޑިއާ އާއި ރާއްޖޭގެ ތާރީޚީ ގުޅުމުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރޭ: ނައިބު ރައީސް

Ii

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި