ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ

332

އިކޮނޮމިކް މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރިޔަމް ޝައްމަ އިސްމާއިލް އައްޔަނުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް އޭނާ އައްޔަނު ކުރުމަށްފަހު މަރުހަބާ ކިޔައިފައެވެ.

ގާނޫނީ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި ޝައްމަ މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ކަމާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާސްގެ މަގާމުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓެންޓުގެ މަގާމު އަދާކުރައްވާފައެވެ.

ޝައްމަ އެންމެ ފަހުން ފުރުއްވީ ކޮންޒިއުމާ އޮމްބަޑްސްމަންގެ މަގާމެވެ. އެ މަގާމަށް ޝައްމަ އައްޔަނު ކުރީ މިދިޔަ ސަރުކާރުންނެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ހުސްވީ 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމަށްފަހު އެ މަގާމުގައި ހުންނެވި މަރިޔަމް ވިސާމް މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވި ސަބަބެއް ހާމައެއްނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Minister Saeed

އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ: ސައީދު

މެދުކެނޑުމެއްނެތި ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ އުފުލޭނެ ރޫޓުތަކެއް ކަނޑައަޅައިފި

cafe

ރޯދަ މަހު ފިހާރަތައް މެންދަމު 1 ޖަހަންދެން، ކެފޭތައް 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

Ii

ޓިކްޓޮކުން ދިވެހި ޒުވާނުންނަށް އާމްދަނީ ހޯދޭނެގޮތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި