ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީ ސަރުކާރުން ނެގި ލޯނެއް ރައީސް މުއިއްޒުގެ ސަރުކާރުން ދައްކައިފި

އެމްޑީޕީ ސަރުކާރުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނެއް، 26 މިލިއަން ޑޮލަރުގެ އިންޓްރެސްޓާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކައިފިއެވެ.

އެއީ އެމެރިކާގެ، ދަރަންޏަށް ފައިސާ ދޫކުރާ އޭޖެންސީއެއް ކަމަށްވާ ކާގިލް ފައިނޭންޝަލް ސާވިސް އިންޓަނޭޝަނަލްއިން ނަގައިފައިވާ ލޯނެކެވެ. އެ ލޯނު ދައްކައި ޚަލާސްކުރީ މިއަދުއެވެ.

އެއީ ބަޖެޓު ސަޕޯޓަށާއި ވިޔަފާރިއާއި ފަތުރުވެރިކަމާ ގުޅޭ މަޝްރޫއުތަކާ ގުޅިގެން މާޗު 24، 2022ގައި ނެގި ލޯނެކެވެ.

އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 7.15 ޕަސެންޓު ކަމަށްވާއިރު ލޯނު އަނބުރާ ދައްކަން އޮތީ މި މަހުގެ 24 ވަނަ ދުވަހަށެވެ.

ރާއްޖޭގެ އިގްތިޞާދީ ހާލަތު ދަށްވެ ލޯނު ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ގޮސްދާނެ ކަމަށް އެކި ފަރާތްތަކުން ބުނިނަމަވެސް، އެއީ ހަގީގަތެއް ނޫންކަން ރައީސް މުއިއްޒު ގެންދަވަނީ ސާބިތުކޮށްދެެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް