ކުއްލި ޚަބަރު

ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގެ މަތީ ފެންވަރުގެ ވޯކްޝޮޕެއް ބާއްވައިފި

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ގދ. ގަމުގައި އިންވެސްޓް ކުރުމަށް ކައުންސިލުން ހުޅުވާލައިފި

ގދ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ގަމުގައި އިންވެސްޓްކުރުމުގެ ފުރުޞަތު، އެ ރަށް ބަލަހައްޓަމުން އަންނަ ގައްދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ.

ކައުންސިލުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވަނީ، ގައްދޫގެ ބިނާވެށި ޕްލޭންގައި އެ ރަށުގެ އިޚްތިޞާޞްގެ ގޮތުގައި ހިމެނިފައިވާ ގަމުގައި، ތިރީގައި ބަޔާންކޮށްފައިވާ އެކި ދާއިރާތަކުން މަޝްރޫޢުތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެލް.އޯ.އައި ހުށަހެޅުމުގެ ފުރުޞަތު ދިވެހި އަދި ބައިނަލްއަޤްވާމީ ކުންފުނިތަކަށްވެސް ލިބިގެންވާ ކަމަށް އެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

ގައްދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ޝޯޓްލިސްޓް ކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ކުންފުނިތަކުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް، އެ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

މަޝްރޫޢުތައް ހިންގޭނެ ދާއިރާތައް:
– ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތައް
– ދަނޑުވެރިކަމާ ގުޅުންހުރި ދާއިރާތައް
– މަސްވެރިކަމާ ގުޅުންހުރި ދާއިރާތައް
– އުފެއްދުންތެރިކަމާއި ތަކެތި އުފެއްދުމާ ގުޅުންހުރި ދާއިރާތައް
– ދިރާސާކުރުމާ ގުޅުންހުރި ދާއިރާތައް

އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް އެލް.އޯ.އައި ހުށަހަޅަންވާނެއެވެ.

ގައްދޫން ފުރައިގެން ގާތްގަނޑަކަށް ފަސް މިނެޓުގެ ތެރޭގައި ދަތުރުކޮށްލެވޭ ގަމަކީ، މިހާރު އެ ރަށުގެ ރައްޔިތުން ދަނޑުވެރިކަން ކުރުމަށް ބޭނުންކުރަމުން އަންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގައްދޫގައި ވެސް އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

Gadhdhoo 1536x864

މިރޭ އިޙްޔާ ފޯރަމް ގދ. ގައްދޫގައި

TTH_advertisement