ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮވިޑް-19 ޕީސީއާރު ޓެސްޓު ކޮރަޕްޝަން މައްސަލަ ތަޙުޤީޤު ފަށައިފި

ކޮވިޑް-19 ޕީސީއާރު ޓެސްޓު ކޮރަޕްޝަން މައްސަލަ: އޭސީސީ އާއި ފުލުހުން ގުޅިގެން ތަޙުޤީޤު ފަށައިފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ (އައިޖީއެމްއެޗް) ލެބޯޓަރީގައި ޕީސީއާރު ޓެސްޓު ހެދުމާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ތަޙުޤީޤު ކުރަން ފަށައިފިއެވެ. މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގާފައިވާ ކަމަށް އޭސީސީގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވާފައިވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ އައިޖީއެމްއެޗްގެ އޭރުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަބަންދޭ)، ޕްރޮކިއުމަންޓް ކޮމިޓީގެ އޭރުގެ ޗެއަރ ޑރ. އަލީ ލަތީފް، އަދި ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހުސިންގެ މައްޗަށެވެ. މި ފަރާތްތަކުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލުމަށް އޭސީސީން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.

އިތުރުން، ޑރ. އަލީ ލަތީފް އަދި އޭނާގެ މަޞްލަޙަތު އޮންނަ ކުންފުންޏަކުން މަނީ ލޯންޑަރިންގގެ ޢަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލަ ވަކިން ތަޙުޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ކަމަށް އޭސީސީން މަޢުލޫމާތު ދީފައިވެއެވެ. އަދި ޑރ. އަލީ ލަތީފް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅާފައިވާ ޓެކުހާ ގުޅޭ ލިޔެކިޔުންތަކުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަޙުޤީޤު ކުރުމަށް މީރާގައި ވެސް އެދިފައިވާ ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަބުދުއްލޯ
ތިކަންތައް ތަހުގީގުކުރަން މާލަސްވެއްޖެ.ނުރުހުމުގަ ގަޔަށް ކޮވިޑުވެކުސިން ޖަހަން މަޖުބޫރު ކުރުވި މީހުންނަށް ވެސް ތަހުގީގު ހިންގަންޖެހޭ

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ