
އުމުރުން ދުވަސްވީ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރަސްމީ ގަޑިތަކުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.
ޒަކާތު ހައުސް އިން ބުނީ 1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ 27 ރަމަޟާން ވަނަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށެވެ. ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ.
މާލެ ސީޓީ ފިޔަވައި ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު/ސީޓީ ކައުންސިލުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރަސްމީ ގަޑިތަކުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.
ޒަކާތު ހައުސް އިން ބުނީ ހެނދުނު 09:30 އިން މެދުންދުރު 13:00 އަށްރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ކައުންޓަރުން ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ. ފިޠުރު ޒަކާތް ބަލައިގަންނާނެ ފަހު ވަގުތަކީ 30 މާރޗް 2025 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ.
ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
މާޗް 23 އިން 30 ގެ ނިޔަލަށް ޒަކާތް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން މެންދުރުފަހު 14:00 އަށެވެ.







ކިޔުންތެރިންގެ ހިޔާލު