ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދައިގެ ސަބަބުން ނިކަމެތިންނާއި ފަޤީރުންގެ ޙާލަށް ރަޙުމްކޮށް، އެމީހުންނަށް އެހީތެރިވުމުގެ ރޫޙު އާލާކުރޭ: ޚުތުބާ

މާތްވެގެންވާ ރަމަޟާން މަހުގެ ރޯދައަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. މި މުހިންމު އަޅުކަމުގައި ގިނަގުނަ ޙިކުމަތްތަކެއް އެކުލެވިގެންވާކަން މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި:

1. ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކުގެ އަގު ވަޒަންކޮށް، އެކަލާނގެއަށް ޝުކުރުވެރިވުމުގެ މުހިންމުކަން ދަސްކޮށްދިނުން.

2. ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް ތަމްރީނު ލިބިގެންދިއުން.

3. ޝައިޠާނާގެ ނުފޫޒު ކުޑަކޮށް، އޭނާގެ ވަސްވާސްތަކުން ދުރުވެގަތުން.

4. ތަޤުވާވެރިކަން އިތުރުކޮށް، މާތް ﷲއަށް ބިރުވެތިވުން.

5. ނިކަމެތިންނާއި ފަޤީރުންގެ ޙާލަށް ރަޙުމްކޮށް، އެމީހުންނަށް އެހީތެރިވުމުގެ ރޫޙު އާލާކުރުން.

6. ސިއްރާއި ޢަލާނިއްޔާގައި ﷲ ތަޢާލާ ބައްލަވާވޮޑިގެންވާކަން ހަނދާންކޮށް، ނަފުސު ތަހުޒީބުކުރުން.

މި ޙިކުމަތްތަކުގެ އަލީގައި ރޯދައަކީ މުއުމިނުންގެ އަޚުލާޤު ރަނގަޅުކޮށް، ރޫޙާނީ ގޮތުން ކުރިއެރުވުމަށް ބާރުއަޅާ މުހިންމު އަޅުކަމެއްކަން އެނގިގެންދެއެވެ. ވީމާ، ރަމަޟާން މަހުގެ ބަރަކާތްތައް ފުރިހަމައަށް ލިބިގަތުމަށްޓަކައި މި ޙިކުމަތްތައް ވިސްނައި، އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru namaadu

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް: ޚުޠުބާ

khuthubaa hukuru

އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއް: ޚުޠުބާ

zakat

ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވޭ: ޒަކާތު ހައުސް

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ