ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ބްރިޖުން މޫދަށް ވެއްޓުނު މީހަކު ފުލުހުންގެ އަވަސް އެހީތެރިކަމާއެކު ސަލާމަތްކޮށްފި

Original 1711172854305

ހުޅުމާލެ ހިތިގަސްމަގު ބްރިޖުން މޫދަށް ވެއްޓުނު 25 އަހަރުގެ ދިވެހި ޒުވާނަކު، ފުލުހުންގެ ހިތްވަރުގަދަ މަސައްކަތުން ސަލާމަތްކުރެވިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 5:42 ގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ފުލުހުންގެ ޓްރެފިކް ޑިވިޜަންގެ ދެ އޮފިސަރުން އަވަސް ފިޔަވަޅުތަކެއް އަޅައި، ހެނދުނު 6:13 ގައި އެ ޒުވާނާ މޫދުން ސަލާމަތްކުރެވުނެވެ.

ސަލާމަތްކުރެވުނު ފަރާތް ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާގެ ޞިއްޙީ ހާލަތު މިހާރު ރަނގަޅެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ހާދިސާގެ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، މޫދަށް ވެއްޓުނު އިރު އެ ޒުވާނާގެ އެއްވެސް ހަރަކާތެއް ފެންނާކަށް ނެތެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާއާ ގުޅޭ އިތުރު ތަޙުޤީޤުތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި