ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

މެލޭޝިޔާގައި ގެއްލުނު ދިވެހި ޒުވާނާ އުސެއިދު އާއިލާއާ ހަވާލުކޮށްފި

މެލޭޝިޔާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި ޒުވާނާ، އަހުމަދު އުސެއިދު (24)، އޭނާގެ އާއިލާއާ އެ ގައުމުގެ ފުލުހުން މިއަދު ހަވާލުކޮށްފިއެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށް ބެލެވުނު އުސެއިދު ފެނުނީ ހޮޓަލަކަށް “އަރާމު ކޮށްލަން” ދިޔަ ތަނުން ހިނގި ހާދިސާއަކާ ގުޅިގެންނެވެ.

މެލޭޝިޔާގެ ސަންވޭ ސަރަހައްދުގައި ދިރިއުޅޭ އުސެއިދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އުސެއިދުގެ ބައްޕަ އަދި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ބ. އަތޮޅު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް އަފީފު ވިދާޅުވި ގޮތުގައި، އުސެއިދު ހޮޓަލަކަށް އަރާމު ކުރަން ދިޔައިރު “ގެސްޓަކަށް ކަމެއް ކުރަން” އުޅޭ ކަމަށް ހީވެގެން އެ ހޮޓަލުން ފުލުހުންނަށް ރިޕޯޓް ކުރިއެވެ.

“އެހެންވެ، އުސެއިދު ފުލުހުންގެ ކަސްޓަޑީގައި ގެންދިޔައީ. އެ ހިސާބުން އަޅުގަނޑުމެންނަށް ފުލުހުން އަންގައިގެން ގޮސް އުސެއިދާ މިއަދު ހަވާލުވެއްޖައިން. އުސެއިދާ ބައްދަލުވެއްޖެ. ހާލު ވެސް ރަނގަޅު،” އަފީފު ވިދާޅުވިއެވެ.

މޮނާޝް ޔުނިވާސިޓީގައި ކިޔަވާ އުސެއިދު ބޮޑަށް އުޅުނީ “އެކަނިވެރިވެގެން” ކަމަށް އޭނާގެ ބައްޕަ ފާހަގަކުރެއްވިއެވެ. އުސެއިދު މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވެސް ދިޔަ ކަމަށާއި، ނަމަވެސް އެތަން ބަންދުކޮށްފައި ހުރުމުން އެއްވެސް މީހަކާ ބައްދަލު ނުވި ކަމަށް އަފީފު ވިދާޅުވިއެވެ.

އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އާދިއްތަ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން އެނގުނު ކަމަށް ބައްޕަ ވިދާޅުވެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އުސެއިދުގެ އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އުސެއިދު މިހާރު ހުރީ ރަނގަޅު ހާލުގައި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވަގަށް ނެގި 100 އަށްވުރެ ގިނަ ސައިކަލު ހޯދައިފި

moosun

ލޭންޑިން ކްރާފްޓުން ގެއްލުނު އެކަކު ހަށިގަނޑު ކަނޑު އަޑިން ނަގައިފި

ވިލިމާލެއާ ދިމާލު ބޭރުގައި އޮތް ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދަނީ

މެލޭޝިޔާއާއި ބަންގްލަދޭޝް އިން ރޮހިންޔާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެނީ

TTH_advertisement