ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

ރިސާރޗް ލައިބްރަރީއާއެކު ހުޅުމާލޭގައި އަލަށް ޤާއިމްކުރެވޭ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ.

“މަސްޖިދުލް އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ” ގެ ނަމުގައި ޤާއިމްކުރެވޭ މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ހިލޭސާބަހަށް ކޮށްދެއްވާ މަސައްކަތެކެވެ. މަދީނާ އިންވެސްޓްމަންޓްގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢަކީ ހުޅުމާލޭ ފޭސް 1 ގެ ރެޑްވޭވް ސަރަޙައްދުގައި ކުރިން ހުރި ވަގުތީ މިސްކިތުގެ ބިމުގައި ތަރައްޤީކުރެވޭ މިސްކިތެކެއެވެ.

ދެބުރިއަށް އިމާރާތްކުރެވޭ މި މިސްކިތަކީ އެއްފަހަރާ 2000 މީހުންނަށް އަޅުކަން ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގައި އިސްލާމީ ދިރާސާތަކަށް ޚާއްޞަ ލައިބްރަރީއެއް ޤާއިމްކުރެވޭނެއެވެ. އަދި އަންހެނުންނަށް ޚާއްޞަ ނަމާދުކުރާ ސަރަޙައްދަކާއި ވަކި ފާޚާނާ ތައްވެސް ހިމެނޭނެއެވެ.

މި މިސްކިތަކީ ފުރިހަމައަށް ސޯލާ ހަކަތައިން ހިންގޭނެ، އޭސީ ކުރެވިފައިވާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް 2026 ވަނަ އަހަރުގެ ރަމަޟާން މަހަށް ނިންމުމަށް ވަނީ ރޭވިފައެވެ. މިސްކިތް ހުޅުވުމަށްފަހު ޢިލްމީ ދަރުސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ