ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް ގެންދަނީ

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އައްޑޫއަށް ގެންދިއުމަށް ނިންމައިފި އެވެ.

ފެނަކައިން މިއަދު ބުނި ގޮތުގައި މިއީ މިދިޔަ މަހު އައްޑޫއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކުރުމަށް ފަހު، އިތުރަށް ގެންދާ ޖަނަރޭޓަރެކެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ އިތުރުވެފައިވާ ދަނޑިވަޅެއްގައި މި ނިންމުން ނިންމީ އެވެ. ފެނަކައިން ބުނި ގޮތުގައި ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

“އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރު މި ދަނީ ކުރަމުން،” ފެނަކައިގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ޑިޕާޓްމަންޓުން ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވާއިރު، މިހާރު ހިތަދޫގައި ބަހައްޓާފައިވާ 20 ޖަނަރޭޓަރުގެ ޖުމުލަ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. ނަމަވެސް ޖަނަރޭޓަރުތައް ހަލާކުވުމާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ކަރަންޓުގެ މައްސަލަ ބޮޑުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu

އައްޑޫ ސިޓީއަކީ ރާއްޖޭގެ އައިޓީ ހަބެއްގެ ގޮތުގައި ތަރައްޤީކުރަނީ

އައްޑޫ ހިތަދޫގައި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

އަތޮޅުތަކުގައި ޤާއިމުކުރާ ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީގައި ހުޅުވަން ތައްޔާރުވެއްޖެ

އައްޑޫ ލިންކު ރޯޑު ތަރައްޤީކުރަން ސާވޭ ކުރަނީ، 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީކުރާނެ

TTH_advertisement