ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ސްޓެލްކޯ ވެބްސައިޓް މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދެވޭނެ

ސްޓެލްކޯގެ ބިލް ދެއްކުމަށް އިތުރު މުއްދަތަށް އެދޭން ބޭނުންވާ ފަރާތްތަކަށް، ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއަކީ ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރާ، ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތްކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލުމުގެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި ކަސްޓަމަރުންނަށް އެންމެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ ދެމިއޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބިލް ދެއްކުމަށް އިތުރު މުއްދަތަށް އެދޭން ބޭނުންވާ ފަރާތްތަކަށް stelco.com.mv/rpex މެދުވެރިކޮށް އެކަމަށް އެދެވޭނެކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ފަހުމީ ވިދާޅުވީ މިކަމަށް އެދުމުގައި ކުންފުނީގެ އިސްވެރިންނާ ގުޅާކަށް ނުޖެހޭނެ ކަމަށެވެ.

ފަހުމީ މި މައުލޫމާތު ހާމަކުރެއްވީ ރަމަޟާން މަހާއި ޢީދު ކައިރިވެފައިވާތީ، ބިލް ދެއްކުމަށް 30 ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

MTCC Advertisement TTH Advertisement