ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައްޔިތުންނަށް ހާމަކުރާނަން އެއީ ރިޔާސަތުގެ އަސާސީ ޒިންމާއެއް: ޢަބްދުއްރަޙީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރެވޭ އެންމެހައި މަސައްކަތްތަކުގެ ތަފްސީލު، އެދުވަހެއްގެ ޖަލްސާގައި އިޢުލާންކުރެއްވުމަށް ނިންމަވާފައެވެ. މި ނިންމެވުމަކީ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުނުވެ މުސާރަ ނަންގަވާކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އިއްޔެގެ ޖަލްސާގައި އިޢުލާންކުރެއްވި ނިންމެވުމެކެވެ.

މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި މިއީ މަޖިލީހުގެ ރިޔާސަތުގެ އަސާސީ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ޖަލްސާތައް ލައިވްކޮށް ފޮނުވާއިރު، ތަޅުމުގައި މަދު މެންބަރުންތަކެއް ފެނުމަކީ ޖަލްސާތަކަށް މެންބަރުން ހާޒިރުނުވާކަމަށް ދޭހަވެދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. ނަމަވެސް ޖަލްސާތައް ކުރިއަށްދާއިރުވެސް ގިނަ މެންބަރުން ކޮމިޓީތަކުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރަމަޟާން މަހުގެ ބަރަކާތްތައް އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް މަޖިލީހުގެ ރައީސް ވަނީ މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި