ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމުގައި ހުންނެވި މަރިޔަމް ވިސާމް އެ މަޤާމުން އިސްތިއުފާ ދެއްވައިފިކަން އެނގިއްޖެއެވެ.
މުޅިރާއްޖެެ އަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، ވިސާމް މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެއެވެ.
ބައެއް މީޑިއާތަކަށް ވިސާމް ދެއްވާފައިވާ މަޢުލޫމާތުގައި، އިސްތިއުފާ ދެއްވުމުގެ ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ އަމިއްލަ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާތީ ކަމަށެވެ.
ވިސާމް ވަނީ ކުންފުނިތަކުގެ ރަޖިސްޓްރާގެ މަޤާމުގައި 11 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާތް ކުރައްވާފައެވެ. އޭނާ އެ މަޤާމަށް ޢައްޔަން ކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، 2014 ވަނަ އަހަރުގެ ތެރޭގައެވެ. ވިސާމްއަކީ ވިޔަފާރި އަދި މާކެޓިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ކަބަލަކެއެވެ.
ކިޔުންތެރިންގެ ހިޔާލު