ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެމްކޯގެ ޗެއަރމަންކަމަށް އަޙްމަދު ނާޞިފް އައްޔަނުކުރައްވައިފި

9

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންކަމުގެ މަޤާމުން އަޙްމަދު ނާޞިފް ވަކިކުރައްވައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ޝަން (ވެމްކޯ) ގެ ޗެއަރމަންކަމުގެ މަޤާމަށް އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މަޢުލޫމާތު ދެއްވިގޮތުގައި، ސ. ހުޅުދޫ / ރިވަރސައިޑް، އަޙްމަދު ނާޞިފް މިއަދު ވަނީ އެޗްޑީސީގެ ޗެއަރމަންކަމުގެ މަޤާމުން ވަކިކުރައްވައި، ވެމްކޯގެ ޗެއަރމަންކަމުގެ މަޤާމަށް އައްޔަނުކުރައްވާފައެވެ.

މި ބަދަލު ގެންނަވާފައިވަނީ، އެޗްޑީސީގެ ބައެއް އިސްވެރިންނާ ގުޅުންހުރި މައްސަލައެއް ތަޙުޤީޤުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ޑިސެންބަރު މަހު، އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހިމެނޭގޮތަށް ގިނަ ޑިރެކްޓަރުން ވަނީ ސަސްޕެންޑް ކުރެވިފައެވެ. އެހެންނަމަވެސް، އެ ވަގުތު ސަސްޕެންޑް ނުކުރެވި ހަމައެކަނި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވީ ނާޞިފްއެވެ.

މި މައްސަލައިގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދު ވަނީ އިސްތިޢުފާ ދެއްވާފައެވެ. އޭނާގެ ބަދަލުގައި، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުޙައްމަދު މަޢުރޫފް ޖަމީލް ވަނީ އެ މަޤާމަށް އައްޔަނުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް އެޗްޑީސީން ފަށައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި