ކުއްލި ޚަބަރު

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

މިފްކޯގެ ސީއީއޯ މަޤާމުން ވަކިކުރައްވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުން ޑރ. ވިޓާލީ ލުބިމޯވް މިއަދު ވަނީ ވަކިކުރައްވާފައެވެ.

ސުވިޒަލޭންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ މި މަޤާމަށް ޢައްޔަނުކުރެއްވީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ މިފްކޯގެ ތާރީޚުގައި ސީއީއޯގެ މަޤާމު އަދާކުރެއްވި ފުރަތަމަ ބޭރު ޤައުމެއްގެ ރައްޔިތެކެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ހާމަކުރެއްވި ގޮތުގައި، މިފްކޯގެ ސީއީއޯކަމުން ވިޓާލީ ވަކިކުރެއްވުމަށް ނިންމަވާފައިވެއެވެ. ނަމަވެސް، މި ނިންމެވުމާ ގުޅޭ އިތުރު ތަފްޞީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ވިޓާލީ މަޤާމުން ވަކިކުރެއްވި އިރު، މިފްކޯގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އެ މަޤާމުން ވަކިކުރައްވައި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ވަނީ ޢައްޔަނުކުރައްވާފައެވެ.

މީގެ އިތުރުން، މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަޤާމުގައި ހުންނެވި އިލްޔާސް ހަނީފު ވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު އިސްތިޢުފާ ދެއްވާފައެވެ.

މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް، މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ވިޓާލީ ވަނީ ވިދާޅުވެފައެވެ.

މިފްކޯގެ ސީއީއޯގެ މަޤާމާ ވިޓާލީ ޙަވާލުވެވަޑައިގަތީ، މި ސަރުކާރުން އެ މަޤާމަށް ޢައްޔަނުކުރެއްވި އަޙްމަދު ސަމާޙު ރަޝީދު ވަކިކުރެއްވުމަށް ޕީސީބީން ނިންމެވުމާ ގުޅިގެންނެވެ. ސަމާޙު ވަކިކުރެއްވީ ޕީސީބީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ސަސްޕެންޑް ކުރެއްވުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިފްކޯއަށް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދުމަށް އިއުލާނުކޮށްފި

އައިއެސްޑީބީން މިފްކޯއަށް 64.65 މިލިޔަން ޑޮލަރުގެ ލޯނެއް

Dsc 4150

ބަނޑިދޫގައި އައިސްޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް ފަށައި އޭޓީއެމް ހިދުމަތް އިފުތިތާހުކޮށް ދެއްވައިފި

1724236960 967623808

ފެނަކަ ކޯޕަރޭޝަންގެ ދަށުގައި މިހާރު ހުރި 14 އައިސްޕްލާންޓް މިފްކޯއާ ހަވާލުކުރަނީ

TTH_advertisement