ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުރީދޫއާ ޤަތަރު ޗެރިޓީގެ އެހީއާ އެކު ހުޅުމާލޭ ބޮޑު މިސްކިތް މަރާމާތުކޮށް ހުޅުވައިފި

އުރީދޫ މޯލްޑިވްސް އާއި ޤަތަރު ޗެރިޓީގެ އެހީތެރިކަމާއެކު ހުޅުމާލޭގެ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) މަރާމާތުކޮށް އަލުން ހުޅުވައިފިއެވެ.

މި މިސްކިތް އަލުން ހުޅުވުމުގެ ރަސްމިއްޔާތު 27 ފެބްރުއަރީ 2023 ގައި ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ޤަތަރު ޗެރިޓީގެ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރގެ އެސިސްޓަންޓް ސީއީއޯ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ، އަދި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްގެ އިތުރުން އެޗް.ޑީ.ސީގެ ޗެއާރމަން އަހުމަދު ނާސިފް އާއި އުރީދޫ މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަތެވެ.

ހުޅުމާލެ ގްރޭންޑް މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރެވުނު، 1800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ އަޅުކަން ކުރެވޭ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ ތެރޭގައި ފުލް އެއަރކޮންޑިޝަން ސިސްޓަމެއް ވަނީ ހަރުކުރެވިފައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މި މަޝްރޫޢުގެ މަޤްޞަދަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލޭގެ ގިނަ ރައްޔިތުން ބޭނުންކުރާ މި މިސްކިތުގައި އަޅުކަން ކުރާ ފަރާތްތަކަށް ފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ. އަދި މި މަޝްރޫޢު ކާމިޔާބު ކުރުމުގައި ޤަތަރު ޗެރިޓީގެ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ޤަތަރު ޗެރިޓީގެ ފަރާތުން ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް މުޖުތަމަޢުތަކަށް ރަނގަޅު ފުރުޞަތުތައް ފަހިކޮށްދިނުމަކީ ޤަތަރު ޗެރިޓީގެ އަމާޒެއް ކަމަށެވެ. އަދި އުރީދޫ ފަދަ ބައިވެރިންނާއެކު މުޖުތަމަޢުއަށް ފައިދާހުރި ޙަރަކާތްތަކަށް އެހީތެރިވުމަށް ޤަތަރު ޗެރިޓީން ތައްޔާރަށް ތިބިކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި