ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ފެނަކައިން ވެސް ފެނާއި ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައިފި

މި ރަމަޟާން މަހު ވެސް ފެނަކައިން ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މި ރަމަޟާން މަހު ކަސްޓަމަރުންގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

ފެނަކައިން މަޢުލޫމާތު ދެއްވިގޮތުގައި، ރަމަޟާން މަހަކީ އާންމު ގޮތެއްގައި ރައްޔިތުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދު އިތުރުވާ މަހެއް ކަމަށްވާތީ، މި މަހު ރައްޔިތުން ބޭނުންކުރާ ކަރަންޓާއި ފެނަށް ކުރަންޖެހޭ ޚަރަދު އާންމު މަހަކަށްވުރެ އިތުރުނުވާނެ ގޮތަކަށް އިންތިޒާމު ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވެއެވެ.

މި ނިންމެވުން ތަންފީޒުކުރުމުގެ ގޮތުން، ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރުމަށްފަހު، ފެނަކައިން ވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް 4 ގޮތަކަށް ޑިސްކައުންޓް ދިނުމަށް ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ:

1. ފާއިތުވި އަހަރުގެ އެވްރެޖަށް ބަލައި، މި ރަމަޟާން މަހުގެ ބިލުން އިތުރުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި ދިނުން.
2. ފާއިތުވި އަހަރުގެ އެވްރެޖާއި މި ރަމަޟާން މަހުގެ ބިލުގެ ފަރަގު 10% އަށްވުރެ ކުޑަނަމަ، މުޅި ބިލުން 10% ޑިސްކައުންޓް ދިނުން.
3. މި ރަމަޟާން މަހުގެ ބިލު ފާއިތުވި އަހަރުގެ އެވްރެޖަށްވުރެ ކުޑަނަމަ، މުޅި ބިލުން 10% ޑިސްކައުންޓް ދިނުން.
4. އަލަށް ޚިދުމަތް ހޯދާ ފަރާތްތަކަށް ރަމަޟާން މަހުގެ ބިލުން 10% ޑިސްކައުންޓް ދިނުން.

މި އިންތިޒާމުގެ ސަބަބުން ކަސްޓަމަރުންނަށް ރަމަޟާން މަހުގެ ބިލުތަކުގެ މިންވަރު ދުރާލާ އަންދާޒާކުރުމަށް ފަސޭހަވެ، ބިލުތައް ބޮޑުވެގެން ނުދާނެކަމުގެ ޔަޤީންކަން ލިބިގެންދާނެ ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement