ކުއްލި ޚަބަރު

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

އެމްޑަބްލިއުއެސްސީ އެޕުން ބިލް ދައްކައިގެން އުމްރާ ދަތުރެއް

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެޕެނީ (އެމްޑަބްލިއުއެސްސީ) އިން ވަނީ މި ރަމަޟާން މަހާ ގުޅުވައިގެން ޚާއްޞަ ޕްރޮމޯޝަނެއް ތަޢާރަފުކޮށްފައެވެ. މި ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް އުމްރާ ދަތުރެއް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެމްޑަބްލިއުއެސްސީގެ 30 އަހަރުގެ ޚިދުމަތުގެ ޔޫބީލް ފާހަގަކުރުމުގެ ގޮތުން އަދި ރަމަޟާން މަހާ ގުޅުވައިގެން “އެކުވެރި ރޯދަ 30” ގެ ނަމުގައި މި ޚާއްޞަ ޕްރޮމޯޝަން ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:

1. ކަސްޓަމަރުންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުން.
2. އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕްލިކޭޝަނަށް ކަސްޓަމަރުން އަހުލުވެރިކުރުވުން.
3. ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ހިތްވަރުދިނުން.
4. ކަސްޓަމަރުންގެ ވަގުތު ސަލާމަތްކުރުމަށް މަގުފަހިކޮށްދިނުން.
5. އެމްޑަބްލިއުއެސްސީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޒަމާނީ ފެންވަރަށް ކުރިއެރުވުން.

މި ޕްރޮމޯޝަން ކުރިއަށްދާނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެން ބިލެއް ނުވަތަ އަދަދެއް ނުދައްކާ ނެތް ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަށް ލިބޭ އުމްރާ ދަތުރު، އިޢުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރަންވާނެއެވެ. އަދި އުމްރާ ދަތުރު ލިބޭ ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުއްވުމަށް ނޫނީ [email protected] އަށް އީމެއިލް ކުރެއްވުމަށް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

211

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

112

ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ، ޝަހީދު ނަން ނަގައިފި

TTH_advertisement ELL Mobile Advertisement