މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވެއެވެ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމް، މިއަހަރުވެސް ރަމަޟާން މަހުގެ ބަރަކާތްތެރި ރޭތައް އިޙްޔާ ކުރުމުގެ ގޮތުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރު މާލޭގައި 8 އިޙްއިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާައިވާއިރު، މި ފޯރަމްތައް ބޭއްވުމަށް ކަނޑައަޅާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2 މާރިޗު 2025 ވަނަ ދުވަހުގެ ރޭގައެވެ. މި ފޯރަމްގައި “ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން” މި މައުޟޫޢަށް ތަޤްރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މީގެ އިތުރުން އިޙްޔާ ފޯރަމްތަކުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ އަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމް އަދި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ހިމެނިވަޑައިގަންނަވައެވެ.
މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށަހަޅައިދޭ ދަރިވަރުންގެ އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައެވެ.
އަދި މީގެ އިތުރުން، އަތޮޅުތެރޭގެ ހަތް ރަށެއްގައި މިއަހަރު އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅުތެރޭގައި އިޙްޔާ ފޯރަމް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ، އެކަމަށް ހުޅުވާލެވުނު ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ރަށްތަކަށް ބަލައިގެންނެވެ. މިގޮތުން މިއަހަރުގެ ރަމަޟާން އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫ އަދި ރ. މީދޫގައެވެ. މި ރަށްތަކުގައި އިޙްޔާ ޕްރޮގްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގައެވެ.
މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމުގެ އުސޫލުން ޚާއްޞަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އިޙްޔާ ފޯރަމްތަކަކީ ރަމަޟާން މަހުގެ ބަރަކާތްތެރި ރޭތައް އިޙްޔާކޮށް، އިސްލާމީ ޢިލްމާއި ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވޭ ވަރަށް މުހިންމު ޕްރޮގްރާމްތަކެކެވެ. މި ފޯރަމްތަކުގައި އިސްލާމްދީނުގެ އެކި ދާއިރާތަކާ ގުޅޭ މުހިންމު މައުޟޫޢުތަކަށް ޢިލްމުވެރިން ތަޤްރީރުކުރައްވައި، އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވައެވެ.
މި ފޯރަމްތަކުގެ ސަބަބުން ރައްޔިތުންނަށް އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ލިބި، ދީނީ ހޭލުންތެރިކަން އިތުރުވެ، ރަމަޟާން މަހުގެ ރޫޙާނީ މާޙައުލު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މިފަދަ ފޯރަމްތަކުގެ ސަބަބުން މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު މަތިވެ، އިސްލާމީ އަޚުއްވަތްތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.
ވީމާ، މި ފޯރަމްތަކުގައި ބައިވެރިވެ، އޭގެ ފައިދާ ހޯދުމަށް ހުރިހާ ރައްޔިތުންނަށްވެސް ދަޢުވަތު އެރުވިފައިވެއެވެ. އަދި މި ފޯރަމްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރެވިފައިވެއެވެ.