ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދައިގެ މަޤްޞަދަކީ ތަޤުވާވެރިވުން، ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަ ހޯދުން: ޚުޠުބާ

“ރޯދަވެރިޔާ ޢަމަލުތައް ބަހައްޓަންވީ ގޮތް” މި މަޢުޟޫޢުގައި ދެއްވުނު ޚުޠުބާގައި، ރޯދައިގެ މައިގަނޑު މަޤްޞަދަކީ ތަޤުވާވެރިވުން ކަމަށާއި، ދުނިޔެވީ އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަ ހޯދުން ކަމުގައި ފާހަގަކުރެއްވިއެވެ.

ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވުނު މަސްކަމަށާއި، މި މާތް މައްސަރުގައި ހިފާ ރޯދައާއި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާކަން އިމާމު ހާމަކުރެއްވިއެވެ. އަދި މިއީ ނަރަކައިން ސަލާމަތްވުމާއި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ މަހެއްކަންވެސް ފާހަގަކުރެއްވިއެވެ.

ރޯދައަކީ ތަޤުވާވެރިކަމާއި ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ދޭ އަޅުކަމެއްކަމަށާއި، ދުނިޔެވީ އެދުންތަކުން ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއްކަމުގައި އިމާމު ވިދާޅުވިއެވެ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބުމަށްޓަކައި ފާފައިގެ އިތުރުން ނޭދެވޭ ކަންތަކުން ދުރުހެލިވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ރަމަޟާން މަހުގައި ރަޙިމުގެ ގުޅުން ބަދަހިކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމާއި، ނަމާދު ޤާއިމުކުރުމާއި، ކީރިތި ޤުރްއާން ތިލާވަތުކުރުމާއި، އިޢުތިކާފުގައި ހުރުން ފަދަ އަޅުކަންތައް ގިނަގިނައިން ކުރުމަށް އިމާމު ބާރުއެޅުއެޅުއްވިއެވެ. އަދި މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru namaadu

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް: ޚުޠުބާ

khuthubaa hukuru

އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއް: ޚުޠުބާ

zakat

ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވޭ: ޒަކާތު ހައުސް

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ