ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުއޫދާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ފަށައިފިއެވެ. މި ދެ ފަނޑިޔާރުންނަކީ މިހާރު ސަސްޕެންޝަނުގައި ތިއްބެވި ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފަނޑިޔާރު ސުއޫދުގެ މައްސަލަ ބެލުމަށް ފަށާފައިވަނީ ދެ އަހަރު ކުރިން ހިނގި ޝަރީޢަތެއްގެ ދެ އަޑުއެހުމެއްގައި އެ ފަނޑިޔާރު ކުރެއްވި ސުވާލުތަކަކާ ގުޅިގެންނެވެ. ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލައެއް ބަލަމުންދާކަން ޔަޤީންވެފައިވީ ނަމަވެސް، އެ މައްސަލައިގެ ތަފްސީލު އަދި ހާމަވެފައެއް ނުވެއެވެ.

މި ދެ ފަނޑިޔާރުންނާއި އިތުރު އެއް ފަނޑިޔާރެއް ކަމުގައިވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ވަނީ ސަސްޕެންޑް ކުރެވިފައެވެ. ޖޭއެސްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފަނޑިޔާރުން ސަސްޕެންޑް ކުރެވިފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

އޭސީސީން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ކޮރަޕްޝަންގެ ޢަމަލެއް ހިންގާކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ނުކޮށް އެ މައްސަލައެއް ތަޙުޤީޤުކުރުމަކީ އެ ކޮމިޝަނުގެ ޤާނޫނީ ޒިންމާއެއް ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން މައްސަލަތައް ބަލަމުން ގެންދާނެކަމަށް އެ ކޮމިޝަނުން ކަށަވަރުކޮށްދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

supreme-court

ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

Supreme Court

ރެފެރެންޑަމް ވޯޓުގެ ސުވާލު ގާނޫނާ ހިލާފުކަމަށް ހުށަހެޅި މައްސަލަ ބަލައިގެންފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

Supreme Court

އަނބިމީހާ މަރާލަން އުޅުނު މީހާ ދޫކޮށްލުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި