ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫސިޓީގެ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެއް ފަރާތެއް ނިޔާވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ. އެކްސިޑެންޓުގައި އަނިޔާވި ފަރާތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު އިރު، އެފަރާތް ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ފަރާތުން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގޓް ހިނގާފައިވަނީ މަރަދޫން ހިތަދޫއަށް ދުއްވަމުންދިޔަ ސައިކަލެއް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ގެއްލި، ބްރިޖުގެ ފެންސުގައި ޖެހުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގ. ނައިޓް ޑްރީމްގެ، އުމުރުން 24 އަހަރުގެ ލީވާން ޢަބްދުއްސައްތާރު ކަމަށް ވަނީ ދެނެގަނެވިފައެވެ.

މި މައްސަލައިގެ ތަޙްޤީޤު ފުލުހުންގެ ފަރާތުން ކުރިއަށް ގެންދަވަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

police

މާފަންނުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ