ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަނޑިޔާރު ސުއޫދު، މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަގުތީގޮތުން މަޤާމުން ދުރުކުރުމަށެވެ.

ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން މަޤާމުން ވަގުތީގޮތުން ދުރުކުރެވުނު ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސްނުއްސުޢޫދު، ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރެވެ.

މި ތިން ފަނޑިޔާރުން މަޤާމުން ވަގުތީގޮތުން ދުރުކުރެވުނު ދުވަހު، ރައްޔިތުންގެ މަޖިލީހުން ވަނީ ކޯޓުތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ފާސްކޮށްފައެވެ. މި ބިލުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށެވެ.

މީގެ އިތުރުން، ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ބެންޗުގައި މަޤާމުން ވަގުތީގޮތުން ދުރުކުރެވުނު ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ. އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި މި މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާފައިވީ ނަމަވެސް، ތިން ފަނޑިޔާރުން މަޤާމުން ވަގުތީގޮތުން ދުރުކުރެވުމާ ގުޅިގެން މި މައްސަލައިގެ އިތުރު އަޑުއެހުމެއް ކުރިއަށް ނުގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

supreme-court

ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

Supreme Court

ރެފެރެންޑަމް ވޯޓުގެ ސުވާލު ގާނޫނާ ހިލާފުކަމަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އޭސީސީއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި