ކުއްލި ޚަބަރު

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 މުބާރާތުގެ ޗެމްޕިއަންކަން ކ. ކާށިދޫ އަށް

“ގޯލްޑަން ފުޓްސަލް ޗެލެންޖް 2025” މުބާރާތުގެ ޗެމްޕިއަންކަން ކ. ކާށިދޫ ކާމިޔބުކޮށްފިއެވެ،

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފުގެ ޝަރަފުވެރި ހާޒިރީގައި، “ގޯލްޑަން ފުޓްސަލް ޗެލެންޖް 2025” މުބާރާތުގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ބޭއްވިއެވެ.

ފައިނަލް މެޗުގައި ކ. ކާށިދޫ އާއި ހދ. ނައިވާދޫ ބައްދަލުކުރިއެވެ. މި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކ. ކާށިދޫ އިންނެވެ. ޗެމްޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ “ކިންގ އޮފް ފުޓްސަލް” ގެ މަޤާމަށް ހޮވުނު ކާށިދޫ ޓީމުގެ ކީޕަރު، މުޙައްމަދު ސަލީލްގެ ބޮލުގައި ނައިބު ރައީސް ތާޖު އަޅުއްވައިދެއްވިއެވެ.

“ގޯލްޑަން ފުޓްސަލް ޗެލެންޖް 2025” އަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން އިންތިޒާމުކުރާ ފުޓްސަލް މުބާރާތެކެވެ. މިދިޔަ މަހުގެ 6 ވަނަ ދުވަހު ފެށުނު މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 128 ޓީމަކުން ވާދަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B pui41eu8ifqyznhtro4ldenx8

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާއަޅައިފި

11

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

11

މާފަރު ފަޅަކީ އއ. ފެރިދޫގެ ބައެއްކަމުގައި ކަނޑައަޅައިފި

ELL Mobile Advertisement TTH_advertisement