ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް ގެ ނަމުގައި އައު މުބާދަރާއެއް ރަސްމީކޮށް ތަޢާރަފުކޮށްފި

Gkox760byaa7uky

މޯލްޑިވްސް މަނިޓ މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން “ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް” ގެ ނަމުގައި އައު މުބާދަރާއެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި މުހިންމު މުބާދަރާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި މުބާދަރާގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ މާލީ ނިޒާމާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަެރިކަން އިތުރުކުރުމާއި، މި ދާއިރާއިން ޤާބިލު މީހުން ބިނާކުރުމެވެ.

އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް، އެމްއެމްއޭގެ މި މަސައްކަތަށް ތަޢުރީފުކުރައްވައި، އިސްލާމީ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިދެވޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ތަރައްޤީކުރުމުގައި މަރުކަޒީ ބޭންކުގެ ދައުރު އަގުހުރިކަން ފާހަގަކުރެއްވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލްފާޟިލް ޢަލީ ހާޝިމް ވިދާޅުވީ، އިސްލާމީ މާލީ ނިޒާމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް އެމްއެމްއޭއިން މުހިންމު މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި އެމްއެމްއޭގެ އަމާޒަކީ ރާއްޖެ އިސްލާމީ މާލީ ނިޒާމުގެ މުހިންމު މަރުކަޒަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ.

މި މުބާދަރާގެ ދަށުން، އިސްލާމީ މާލީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްޞަ ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް ޤާއިމުކުރެވިފައިވެއެވެ. އެމްއެމްއޭއިން 5 މިލިއަން ރުފިޔާ ޚަރަދުކޮށްގކޮށްގެން ފެށި މި ފަންޑުގެ ދަށުން، އިސްލާމީ މާލީ ނިޒާމާ ގުޅުންހުރި އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

Gkoym4obkaei X4
“ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް” ގެ ނަމުގައި އައު މުބާދަރާއެއް ރަސްމީކޮށް ތަޢާރަފުކުރުން : ފޮޓޯ – އެމްއެމްއޭ

މީގެ އިތުރުން، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ރަމަޟާން މަހު ތެރޭގައި “ތަމްވީލް” ގެ ނަމުގައި ޓެލެވިޜަން ޕްރޮގްރާމެއް ބްރޯޑްކާސްޓްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި “ތަމްވީލް ކުއިޒް” މުބާރާތެއްވެސް ޓީވީއެމް މެދުވެރިކޮށް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި މުބާދަރާގެ ޓެލެވިޜަން ޕްރޮގްރާމާއި ކުއިޒް މުބާރާތަކީ ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ޙަރަކާތުގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން ހިމެނެއެވެ.

މި މުބާދަރާގެ އެހެން އެއް މުހިންމު ކަމަކީ، މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ޔުނިވަރސިޓީއާއެކު ގުޅުން ޤާއިމުކުރެވިފައިވުމެވެ. މި ޔުނިވަރސިޓީން ވަނީ އިސްލާމީ މާލީ ދާއިރާއިން މީހުން ބިނާކުރުމުގައި އެމްއެމްއޭއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައެވެ.

މި މުބާދަރާގެ ސަބަބުން، ރާއްޖޭގައި އިސްލާމީ މާލީ ނިޒާމާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުވެ، މި ދާއިރާއިން ތަމްރީނުވެފައިވާ ޤާބިލު މީހުން އުފެދި، ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު އިތުރަށް ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށާއި، އިސްލާމީ ޝަރީޢާއާ އެއްގޮތްވާ ގޮތުގެމަތިން މާލީ މުޢާމަލާތްތައް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި