ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދެއް، ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް

21އ
STO_Ads

ރަމަޟާން މަހަށް ޚާއްސަކޮށްގެން ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ މަސްޖިދުލް ވާލިދައިން ކައިރީގައި ވަގުތީ ޕާކިން ސަރަޙައްދެއް ޤާއިމުކޮށްފިއެވެ. މި ސަރަޙައްދުގައި ގާތްގަނޑަކަށް 100 އެއްހާ ކާރު ޕާކުކުރެވޭނެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިގޮތުގައި، މާލެ ސަރަޙައްދުގެ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި، މަގުމަތީގައި ދިގު މުއްދަތަކަށް ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމާއި، ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ރަމަޟާން މަހަކީ މިސްކިތްތަކާއި ސްކޫލްތަކުގެ ކައިރީގައި ޕާކިންގ މައްސަލަ އިތުރުވާ ދުވަސްވަރަކަށްވާތީ، މި ވަގުތީ ޕާކިން ސަރަޙައްދުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Maldivian_Ads

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިގޮތުގައި، ރަމަޟާން މަހުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް، މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް ފުލުހުން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު