ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ށ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި

0އ9

ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ށ. އަތޮޅުގައި ރަސްމީކޮށް މި ޚިދުމަތް ފައްޓަވައިދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންސް މުހައްމަދު ޝަމްއާން ވަހީދެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ށ. އަތޮޅުގައި މި ޚިދުމަތް މިއަދު ފަށައިފައި ވާކަމަށެވެ.

އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓް ޕްރިންޓްކުރުމުގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dsc 8919

މަނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި